ޕްރިމިއާ ލީގު: ލެސްޓާ ބަލިކޮށް އާސެނަލް ތާވަލުގެ ފަސް ވަނައަށް ޖެހިލިަިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ލެސްޓާ ސިޓީ ބަލިކޮށް ތާވަލުގެ ފަސް ވަނައަށް އާސެނަލް ޖެހިލައިފިއެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މި މ...

30 Oct 2021 | 16:30

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ލެސްޓާ ސިޓީ ބަލިކޮށް ތާވަލުގެ ފަސް ވަނައަށް އާސެނަލް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އާސެނަލުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ދެ ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އާސެނަލުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ބުކަޔޯ ސަކާ ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގަބްރިއެލެވެ. އަދި މެޗުގެ 18 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އެމިލް ސްމިތު ރޯވް ވަނީ ލަނޑެއް ޖަހައި، އާސެނަލުގެ ލީޑު ފުޅާކޮށްދީފައެވެ.

ދެ ލަނޑުގެ ލީޑަކާއި އެކު މެޗުގެ ފުރަތަމަ ހާފު އާސެނަލުން ނިންމާލިއިރު، ދެވަނަ ހާފުގައި ދެެޓީމުް ކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

މި މޮޅާއެކު ތާވަލުގެ ފަސްވަނައަށް އާސެނަލް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު 10 މެޗުން 17 ޕޮއިންޓް ލިބިފައެވެ. އަދި އާސެނަލް އަތުން ބަލިވި ލެސްޓާ އޮތީ ތާވަލުގެ 10 ވަނައިގައި 10 މެޗުން 14 ޕޮއިންޓާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް