ހެލްތް މިނިސްޓްރީ އިން އަތޮޅު ތެރޭގެ 20 ރަށަކަށް އެމްބިއުލާންސް ފޮނުވައިފިއެވެ.
ހެލްތް މިނިސްޓްރީއިން މަޢުލޫމާތު ދޭގޮތުގައި މި އެމްބިއުލާންސްތައް ރާއްޖެ ގެނެސްފައި ވަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. އަދި އެމްބިއުލާންސްތައް ރައްތަކަށް ފޮނުވާފައި ވަނީ މިއަދު އެވެ.
އެމްބިއުލާންސް ފޮނުވާފައިވާ އަތޮޅު ތެރޭގެ ރަށްތަކުގެ ތެރޭގައި މިފަހުން އެެމްބިއުލާންސެއް ނެތިގެން ބަރޯގައި ބަލިމީހާ ސިއްހީ މަރުކަޒަށް ގެންދިޔަ ހދ. މަކުނުދޫ ހިމެނެ އެވެ. އެ ދުވަހު ބަރޯގައި މަރުކަޒަށް ގެންދިޔައީ އުމުރުން ދުވަސްވީ މީހެކެވެ.
މިއަދު ހެލްް މިނިސްޓްރީން އެމްބިއުލާންސް ފޮނުވި އިތުރު ރަށްތަކަކީ ހއ.އުލިގަމު، ފިއްލަދޫ، ހދ. ނޮޅިވަަރަމް، ށ. ފޯކައިދޫ، މަރޮށީ ނ. މިލަދޫ، ހެނބަދޫ، ރ. އިނގުރައިދޫ، ޅ. ކުރެންދޫ، ބ. ތުޅާދޫ، ކުޑަރިކިލު، އއ. ތޮއްޑޫ، ކ. ހުރާ، އދ. ދަނގެތި، ފ.ބިލެތްދޫ، ތ. މަޑިފުށި، ގާދިއްފުށި، ލ. މާމެންދޫ އަދި ގއ. ގެމަނަފުއްޓަށެވެ.
މި އެމްބިއުލާންސަތަށް ގެނައީ އަތޮޅުތަކަށް ބޭނުންވާ އެމްބިއުލާންސް ހޯދުމަށްޓަކައި އެސްޓީއޯ އާއި އެކު ވެފައިވާ އެއްބަސް ވުމެއްގެ ދަށުންނެވެ. މި އެއްބަސް ވުމުގެ ދަށުން 96 އެމްބިއުލާންސް 180 ދުވަސް ތެރޭގައި ގެންނަން ހަމަޖެހިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް