އެޑިއުކޭޝަން މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށްދޭން އާދަމް ޝަރީފު ހުށަހަޅުއްވައިފި

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށަހަޅުއްވައިފި އެވެ. އާދަމް މަޖިލީހުގެ އިދާރާއަސް މިއަދު ހުށަހެޅުއްވި މައްސ...

30 Oct 2021 | 13:36

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށަހަޅުއްވައިފި އެވެ.

އާދަމް މަޖިލީހުގެ އިދާރާއަސް މިއަދު ހުށަހެޅުއްވި މައްސަލައިގަ އެދިފައިވަނީ 2021 ވަނަ އަހަރުން ފެށިގެން އެ ސްކޫލްގައި ޕްރިންސިޕަލެއް ނެތީ ކީއްވެތޯ ސާފު ކޮށްދިނުމަށެވެ.

އަދި އެ ރަށަށް ޕްރިންސިޕަލަކު ހަމަޖެހޭނީ ކޮންއިރަކުތޯ ސުވާލު ކުރައްވާފައިވެ އެވެ.

ދެން އެދިފައިވަނީ ޕްރިންސިޕަލުން ނެތް ރަށްރަށް ނުވަތަ ޕްރިންސިޕަލުން ހަރު ނުލާ ރަށްތަކުގައި ރާވާ ގޮތްތަކަކީ ކޮބައިތޯ ސާފު ކޮށްދިނުމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ބައެއް ރަށްރަށަށް ހާޑްޝިޕް ޙާއްސަ އިނާޔަތެއް ހަމަޖައްސައިގެން ނަމަވެސް ރަނގަޅު ޕްރިންސިޕަލުން ތިބޭނެ ގޮތެއް ކޮންމެހެން ހަދަން ޖެހޭ ކަމަށެވެ.

ބައެއް ރަށްރަށުގައި ޕްރިންސިލަޕުން ހަރުނުލާ މައްސަލަ ބަލަން ޖެހޭ ކަމަށްވެސް އާދަމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް