ގިނަ އަހަރުތަކެއްގެ އިންތިޒާރަކާއި އުންމީދުތަކަކާއެކު، އެމް.އެން.ޔޫ.އެސް.ޔޫ – ބީ.އެސް.އެސް.އޭ ބިޒްނަސް ފޯރަމްގެ ސެޝަންތައް ކާމިޔާބު ކަމާއިއެކު ނިންމާލައިފި އެވެ.
އެމް.އެން.ޔޫ ބިޒްނަސް ސުކޫލްގެ އޮޑިޓޯރިއަމްގައި ކުރިޔަށްގެންދިޔަ މި ބިޒްނަސް ފޯރަމްގައި 7 ބިޒްނަސްއެއް ބައިވެރިވި އެވެ. އެއީ، ނެކްސްޓް ސޮލިއުސަން، ވަންޝޮޓް އިވެންޓްސް، ބޭކްސް ބައި ފިރާ، އެމް ކިޗަން، ސޫޓީ، ޔުނިކް ލައިފްސްޓައިލް، އަދި ކަސަބު ބައި ހިދާއެވެ.
29 އޮކްޓޯބަރ 2021 ވީ ހުކުރު ދުވަހުގެ ހަވީރު ކުރިޔަށް ގެންދިޔަ ފުރަތަމަ ސެޝަންގައި ހިމެނުނީ، ސޫޓީ، ވަންޝޮޓް އިވެންޓްސް، އަދި ޔުނިކް ލައިފްސްޓައިލްއެވެ. ސޫޓީގެ ފަރާތުން ބައިވެރިވީ ސޫދާ މުޙައްމަދުއެވެ. ވަންޝޮޓް އިވެންޓްސްގެ ފަރާތުން އަމާނީ އަހުމަދު ބައިވެރިވިއިރު، ޔުނިކް ލައިފްސްޓައިލް އިން ބައިވެރިވީ އައްބާސް މުޙައްމަދުއެވެ.
މި ބިޒްނަސް ފޯރަމް ކުރިޔަށް ގެންދަނީ އެމް.އެން.ޔޫ ބިޒްނަސް ސުކޫލްގެ އޮޑިޓޯރިއަމްގަ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ – ބީ.އެސް.އެސް.އޭ ބިޒްނަސް ފޯރަމްގެ ދެވަނަ ސެޝަން ކުރިޔަށްދިޔައީ 29 އޮކްޓޯބަރ ވީ ހުކުރުދުވަހުގެ ރެ އެވެ. މި ސެޝަންގައި، ބޭކްސް ބައި ފިރާ، އެމް ކިޗަން، ކަސަބު ބައި ހިދާ ނެކްސްޓް ސޮލިއުސަން ހިމެނެ އެވެ.
މި ސެޝަންތަކަށްފަހު، 30 އޮކްޓޯބަރ ވާ ހޮނިހިރު ދުވަހުގެ 09:00 އިން 22:00 އަށް ބިޒްނަސްތަކުގެ ސްޓޯލްތައް ވެސް ހުޅުވާލަންވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް