100 ކިލޯގެ ޑްރަގްގެ މައްސަލައިގާ ހައްޔަރުކުރި ތިން މީހުންގެ ބަަންދު އިތުރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ ޑްރަގްގެ މައްސަލައިގާ ހައްޔަރުކުރި ތިން މީހުންގެ ބަންދު ގެ މުއްދަތު އިތުރުކޮށްފި އެވެ. މި ތަކެތި ފުލުހުން އަތުލައިގަނެފައިވަނީ މިމަހުގެ 13 ވަނަ...

30 Oct 2021 | 12:07

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ ޑްރަގްގެ މައްސަލައިގާ ހައްޔަރުކުރި ތިން މީހުންގެ ބަންދު ގެ މުއްދަތު އިތުރުކޮށްފި އެވެ.

މި ތަކެތި ފުލުހުން އަތުލައިގަނެފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ބޮޑުކާށިހުރާ އިން ނެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ތިންމީހުންގެ ބަންދުގެ މުއްދަތާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް އެ ތިން މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.

ބަންދުގެ މުއްދަތު އިތުރު ކުރި ތިން މީހުންނަކީ ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން 61އ، ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމުގައިވާ އެމްޑީ ރަފީގުލް އިސްލާމް 35އ އާއި ޑީއެމް މޮބިން 24އ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް