ފެތުންތެރިޔާ އަލީ އިމްއާން ފެތުމުގެ ގައުމީ އިތުރު ދެ ރެކޯޑެއް އާ ކޮށްފި އެވެ.
އޭނާ މިވަގުތު ހުރީ ރަޝިޔާގެ ކަޒާންގައި ކުރިއަށްދާ ފީނާ ސްވިމިން ވޯލްޑް ކަޕް 2021 ގައި ބައިވެރިވުމަށް އެ ގައުމުގައި އެވެ. އެ މުބާރާތް ކުރިޔަށް ދަނީ މިމަހުގެ28 ން މިއަދުގެ ނިޔަލަށެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ މިމުބާރާތުގައި އިމްއާން ވާދަ ކުރި ފިރިހެނުންގެ ޝޯޓް ކޯސް 50 ބެކްސްޓްރޯކް އަދި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑު އާކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން 50 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ރެކޯޑް އިމްޢާން އައުކޮށްފައިވަނީ 29.23 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. އަދި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރެކޯޑް އިމްޢާން އައުކޮށްފައި ވަނީ 05.06.64 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.
މި ދެރެކޯޑާއި އެކު މި މުބާރާތުގައި އިމްއާން އާ ކުރި ގައުމީ ރެކޯޑުގެ އަދަދު ވަނީ ތިނަކަށް އަރާފަ އެވެ. އެންމެ ފުރަތަމަ އޭނާ އާ ކޮށްފައިވަނީ 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރެކޯޑެވެ.
50 މީޓަރު ބެކްސްޓްރޯކްގެ ގައުމީ ރެކޯޑް އެންމެ ފަހުން އައުކޮށްފައިވަނީ ވެސް އިމްއަން އެވެ. އެއީ 2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވުނު 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 29.44 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.
ޝޯޓްކޯސް 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓް ބައިނަލްއަޤްވާމީ މުބާރާތެއްގައި ދިވެހި ފެތުންތެރިއަކު އެންމެ ފުރަތަމަ ފަތާފައިވަނީ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައެވެ. މުޙައްމަދު އާން ޙުސައިން އެފަހަރު އެއިވެންޓް ފުރިހަމަކޮށްފައިވަނީ 05.49.08 އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް