ކުރެންދޫ އާއި ވިލިނގިލީ ޑަބްލިއުޑިސީގެ ބައި އިލެކްޝަން ކުރިޔަށް ދަނީ

ޅ. ކުރެންދޫ އާއި ގއ. ވިލިނގިލީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ފެށިގެން ކުރިޔަށް އެބަދެ އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދ...

30 Oct 2021 | 07:17

ޅ. ކުރެންދޫ އާއި ގއ. ވިލިނގިލީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ފެށިގެން ކުރިޔަށް އެބަދެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދާނީ ހެނދުނު 8:00 ން މެންދުރު ފަހު 3:00 އަށް ކަމަށެވެ. ކުރެންދޫ އާއި ވިލިނގިލީ ޑަބްލިއުޑީސީއަށް އިންތިހާބު ކުރަނީ އެއް މެމްބަރެވެ.

ކުރެންދޫ ޑަބްލިއުޑީސީން ހުސްވެފައިވާ ގޮނޑިއަށް ވާދަ ކުރަނީ ވެރިކަން ކުރާ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެކެވެ. ވިލިނގިލީ ޑަބްލިއުޑީސީއަށް ވާދަކުރަނީ އިދިކޮޅު ޕީޕީއެމް އާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓެކެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު 10:00 އާއި ހަމައަށް އެ ދެ ރަށުން 207 މީހުން ވޯޓު ލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 126 ފިރިހެނުންނާއި 81 އަންހެނުންނެވެ.

މިއަދު ކުރިޔަށްދާ ބައި އިލެކްޝަންގައި ކުރެންދޫ އާއި ވިލިނގިލީގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 4،173 މީހުން އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް