ފޭސްބުކްގެ އާ ނަން އިއުލާނު ކުރުމުން އެންމެ ފޯރިއެރީ އިސްރާއީލް މީހުންނަށް!

މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކް "ފޭސްބުކް" ގެ ނަން "މެޓަ" އަށް ބަދަލު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަން އިއުލާނު ކުރުމާއި އެކު އެކި ގައުމުތަކުގައި ސޯޝަލް މީޑީއާގައި ނަމާ މެދު ދެކޭގޮތާއި ގުޅޭގޮތ...

30 Oct 2021 | 03:27

މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކް "ފޭސްބުކް" ގެ ނަން "މެޓަ" އަށް ބަދަލު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ނަން އިއުލާނު ކުރުމާއި އެކު އެކި ގައުމުތަކުގައި ސޯޝަލް މީޑީއާގައި ނަމާ މެދު ދެކޭގޮތާއި ގުޅޭގޮތުން ތަފާތު ހިޔާލުތައް ދަނީ ފާޅު ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ އިސްރާއީލް މީހުން ފޭސްބުކްގެ އާ ނަން "މެޓަ" އާއި ގުޅޭގޮތުން ނަގަމުންދާ މަޖާ އަށެވެ.

އިސްރާއީލް ރައްޔިތުން ވާހަކަ ދައްކާ ރަސްމީ ބަސް ކަމަށްވާ ހިބްުރޫއިން "މެޓަ" އަކީ ކޯޗެއްކަން އެމީހުން ދަނީ ހާމަ ކުރަމުންނެވެ. ހިބްރޫ ބަހުން މެޓަ އަކީ މަރެވެ.

ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންދާ ބައެއް މީހުން "ފޭސްބުކްޑެޑް" ބުނަމުންދާއިރު އަނެއް ބަޔަކު ބުނެފައިވަނީ ފޭސްބުކަށް އަލަށް ދިން ނަމާއި އެކުހިބްރޫ ބަހުން ވާހަކަ ދައްކާ މީހުންނަށް ބާރަށް ހޭނެ ރަނގަޅު ފުރުސަތެއް ލިބިފައިވާ ކަމަށެވެ.

ބައެއް މީހުން ބުނެފައިވަނީ ފޭސްބުކް ފަދަ މަޝްހޫރު ނެޓްވޯކްތަކަށް ނަން ދޭއިރު ގައުމުތަކުގައި ވާހަކަދައްކާ ބަސްބަހުން އޭގެ މަނާ ބަލާލުމަކީ ކުރަން ވާނެ ކަމެއް ކަމަށެވެ.

ހިބްރޫ ބަހުން ވާހަަކަ ދައްކަނީ އިސްރާއީލް ރައްޔިތުންނާއި ފަލަސްތީނުގެ ވަކި ސަރަހައްދެއްގައި އުޅޭ ރައްޔިތުންތަކެކެވެ.

ފޭސްބުކް ކުންފުނީގެ ނަން "މެޓަ" އަށް ބަދަލު ކުރިޔަސް އެ ކުންފުނީގެ ދަށުން ހިންގާ ސޯޝަލް މީޑިއާ ނެޓްވޯކްތައް ކަމަށްވާ އިންސްޓަގްރާމާއި، ފޭސްބުކް އަދި އައިމެސެންޖާ އާއި ވަޓްސްއެޕްގެ ނަން ބަދަލު ނުކުރާނެ ކަމަށް އެ ކުންފުނީގެ ބާނީ މާކް ޒަކަބާ ބުނެފައިވެ އެވެ.

މަޝްހޫރު ކުންފުނިތަކަށް ކިޔާ ނަންތަކާއި އެ ކުންފުނިތަކުން އިޝްތިހާރުތަކުގައި ބޭނުން ކުރާ ބަސްތަކަކީ އާންމުކޮށް މީހުންގެ މަލާމާތާއި ފުރައްސާރަ ރައްދުވާ ކަމެކެވެ.

އޭގެ ތެރޭގައި މަޝްހޫރު ކޭއެފްސީން 80 އަހަރުތަކުގައި އެމީހުންގެ މޮޓޯގެ ގޮތުގައި "ފިންގާ ލިކިން ގުޑް" ބޭނުން ކުރަން ފެށުމުން ކަމު ނުގޮސްފައިވެ އެވެ. އެފަހަރު އެކަން ބަލައިގެންނަން ދެކޮޅު ހެދީ ޗައިނާގައި ވާހަކަދައްކާ ބަހެއް ކަމަށްވާ މެންޑަރިން ބަހުން ވާހަކަދައްކާ މީހުންނެވެ.

މެންޑަރިން ބަހަށް ކޭއެފްސީގެ މޮޓޯ ތަރުޖަމާ ކުރުމުން "އީޓް ޔުއާ ފިންގާ އޮފް" އަންނާތީ އެމީހުންނަކަށް ކަމަކު ނުދިޔަ އެވެ. އެކަމަކު އެ މޮޓޯ އާންމުވުމުން އެ ބަސް ގޯސް އެއްވެސް ބަޔަކު މިހާރު ނެތެވެ.

އެހެން ކަމުން ފޭސްބުކްގެ ނަން މެޓަ ގެ ގޮތުގައި މީހުންގެ ސިކުނޑީގައި ހަރުލާން އަދި ދުވަސްކޮޅެއް ނަގާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް