އިނގިރޭސި ރާނީގެ ހާލުކޮޅު ދެރަވުމުގެ ސަބަބުން، ގޭގައި އަރާމު ކުރެއްވުމަށް ޑޮކްޓަރުން އަންގައިފި

އިނގިރޭސި ރާނީގެ ހާލުކޮޅު ދެރަވުމުގެ ސަބަބުން، ގޭގައި އަރާމު ކުރެއްވުމަށް ޑޮކްޓަރުން އަންގައިފި އެވެ. ޝާހީ ގަނޑުވަރު ބަކިމްހަމް ޕެލަސް އާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން ޑޮކްޓަރުން ލަފާ ދީފައިވަނީ އެނ...

30 Oct 2021 | 03:01

އިނގިރޭސި ރާނީގެ ހާލުކޮޅު ދެރަވުމުގެ ސަބަބުން، ގޭގައި އަރާމު ކުރެއްވުމަށް ޑޮކްޓަރުން އަންގައިފި އެވެ.

ޝާހީ ގަނޑުވަރު ބަކިމްހަމް ޕެލަސް އާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން ޑޮކްޓަރުން ލަފާ ދީފައިވަނީ އެންމެމަދުވެގެން ދެ ހަފުތާ ވަންދެން ގޭގައި އަރާމު ކުރެއްވުމަށެވެ. އަދި ރަސްމީ އެއްވެސް ހަރަކާތެއްގައި ވެސް އެކަމަނާ ބައިވެރިވެވަޑައިގަތުން ޑޮކްޓަރުން މަނާކޮށްފައިވާ ކަމަށް ވެސް ބުނެ އެވެ.

އެހެންނަމަވެސް މޭޒު ކައިރީގައި އިންނަވައިގެން ކުރައްވަންޖެހޭ އާދައިގެ ލުއި މަސައްކަތައް ކުރެއްވުމުގެ ހުއްދައާއި އޮންލައިން ބައެއް ބައްދަލުވުން ތަކުގައި ގޭގައި ހުންނަވައިގެން ބައިވެރިވުމުގެ ފުރުސަތު ޑޮކްޓަރުން ރާނީއަށް ދީފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

އުމުރުފުޅުން 95 އަހަރުގެ ރާނީގެ ސިއްޙީ ހާލުކޮޅު ގޯސްވެ، މީގެ ހަފްތާއެއް ކުރިން ވެސް ރާނީ ވަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ހޯއްދަވާފަ އެވެ.

ޝާހީ ގަނޑުވަރުން ބުނެފައިވަނީ ރާނީ ހޮސްޕިޓަލުގައި އެނދުމަތިކުރީ ހަދަން ޖެހޭ ތަހުލީލްތަކެއް ހެދުމަށް ކަމަށެވެ.

އިނގިރޭސިވިލާތުގައި އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޯޕް26 ސަމިޓަށް ރާނީ ވަޑައި ނުގެންވުމަށް ވެސް ވަނީ ނިންމަވާފަ އެވެ. އެއީ ކޯވިޑް ބަލީގެ ނުރައްކާ އަދިވެސް އުޅޭތީ އެވެ.

އިގިރޭސި ރާނީ ކުއީން އެލިޒަބަތު 2 އަކީ އިނގިރޭސި ތަޚުތުގައި މިހާތަނަށް އެންމެ ދިގުމުއްދަތަކަށް ރާނީކަން ކުރައްވާފައިވާ ރާނީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް