ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ – ނަމަކީ "މަހާ"

ރާއްޖެ، އިންޑިއާ އަދި ލަންކާ ގުޅޭ ކޮމޮރިން ސަރަހައްދުގައި އުފެދުނު "ޑިޕްރެޝަން" (ކޮޅިގަނޑު) "ޑީޕް ޑިޕްރެޝަން" (ބާރުގަދަ ކޮޅިގަނޑަކުން) "ސައިކްލޯން" (ތޫފާނަކަށް) ބަދަލުވެއްޖެއެވެ. މި ތޫފާނަށް ދީފައިވާ ...

30 Oct 2019 | 15:51

ރާއްޖެ، އިންޑިއާ އަދި ލަންކާ ގުޅޭ ކޮމޮރިން ސަރަހައްދުގައި އުފެދުނު "ޑިޕްރެޝަން" (ކޮޅިގަނޑު) "ޑީޕް ޑިޕްރެޝަން" (ބާރުގަދަ ކޮޅިގަނޑަކުން) "ސައިކްލޯން" (ތޫފާނަކަށް) ބަދަލުވެއްޖެއެވެ.

މި ތޫފާނަށް ދީފައިވާ ނަމަކީ "މަހާ" އެވެ. މިއީ އޮމާނުން ދީފައިވާ ނަމެކެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ ތޫފާނަކަށް ބަދަލުވެފައިވާއިރު އިތުރަށް މި ސަރަހައްދަށްވެސް ބާރު ގަދަވާނެ ކަމަށާއި މި ތޫފާން ދާނީލަކްޝަޑްވީޕް މަތިން ލާފަ ކަމަށެވެ. އަދި މިރެއާ މާދަމާ ވިލާ ބޯވެގެން ދާނެ، މެދު ރާއްޖެތެރެއާއި އުތުރު ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭއިރު ދެކުނަށްވެސް ވިއްސާރަ ކުރާނެ ކަމަށް ހާފިޒް ވިދާޅުވިއެވެ.

ހާފިޒް އިތުރަށް ވިދާޅުވީ މިހާލަތުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވާ ނުކޮށް މަޑު ޖައްސާލުން އެދޭ ކަމަށެވެ. ކަނޑު ގަދަވެގެން ދާނެ، މައި ކަނޑުގަ ބާނިވެސް ގަދަވާނެ ކަމަށެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް