ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނާއި އެ ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ބަލަން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުގެ ގާނޫނުގައިވާ ފަދައިން މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމުމަށްޓަކައި 19 މައްސަލައެއް ތާވަލުކުރެވި އޭގެތެރެއިން ދެ މައްސަލައެއް ބެލުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލައިފައިވާ ކަމަށެވެ. ނަމަވެސް އެ ތަހުގީގު ކޮމެޓީގައި ތިއްބަވަނީ ކޮން މެންބަރުންނެއް ކަމެއް ހާމައެއް ނުކުރެއެވެ. އެގޮތުން ފަނޑިޔާރު ޝުޖާއި އުސްމާނާއި ފަނޑިޔާރު ޝަހީދުގެ މައްސަލަ ބެލުމަށް ވެސް ވަނީ ތަހުގީގު ކޮމެޓީއެއް އެކުލަވާލައިފައެވެ.
އެހެންނަމަވެސް ޖޭއެސްސީން ބަލަނީ މި ދެ ފަނޑިޔާރުންގެ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެއެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އާއި ފަނޑިޔާރު ޝަހީދުގެ މައްސަލައެއް ޖޭއެސްސީން ބަލާއިރު އެ ކޮމިޝަނުން ވަނީ އެ ކޯޓުގެ ފަނޑިޔާރު ހަސަން އަލީއާ ގުޅޭ މައްސަލައެއް ވެސް ޖޭއެސްސީން ބަލަން ފަށައި، އޭނާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް