އުރީދޫ މޯލްޑިވްސް ޕލކ އިން ވަނީ 17 ސެޕްޓެންބަރު 2019 އިން ފެށިގެން، މިސްޓަރ ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމާއި އެގްޒެކެޓިވް ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި (އުރީދޫ މޯލްޑިވްސްގެ މައި ހިއްސާދާރު ކަމުގައިވާ ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ އިން ނޮމިނޭޓްކޮށްފައިވާ ރެޕްރެޒެންޓެޓިވް) އައްޔަންކޮށްފައެވެ.
އުރީދޫއިން މައުލޫމާތުދެއްވާގޮތުގައި ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް ވަނީ ޓެލެކޮމިއުނިކޭޝަން، ރީޓެއިލް، އަދި މެނުފެކްޗަރިންގ ފަދަ އިންޑަސްޓްރީތަކުގައި މަސައްކަތްކޮށް، ފައިނޭންސްގެ ދާއިރާއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައެވެ. އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން އޭނާ ވަނީ އުރީދޫ ގްލޯބަލް ސަރވިސަސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައިވެސް މަސައްކަތްކޮށްފައެވެ. ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް ވަނީ ބާރލާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރސް ހާސިލުކޮށްފައެވެ. އަދި އޭނާއަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް އިންޑިއާގެ މެންބަރެކެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމާއި ބޯޑު ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަން ކުރުމާ ގުޅިގެން، ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް އަށް އަޅުގަނޑުމެން ވަރަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށާއި ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމްގެ އެހީތެރިކަމާއި ލީޑަރޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން އިތުރު ކުރިއެރުމާއި ކާމިޔާބީތައް ހޯދާނެކަމުގެ އުންމީދުކުރާކަމުގައި އުރީދޫ މޯލްޑިވްސް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް