ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ މޫސުން ގޯސްވެފައިވާތީ އަނެއްކާވެސް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާޓް ނެރެފިއެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް މިއަދު ހެނދުނުވެސް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މިއަދު ހެނދުނު 8:00ން މެންދުރު 12:00 އަށް އެލާޓް ނެރެފައި ވާއިރު އަނެއްކާވެސް މެޓް އޮފީހުން މިވަނީ އެސަރަހައްދަށް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ގުގުރުމާއި އެކު ބޯކޮށް ވާރެ ވެހޭނެކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައި މިވަނީ މިއަދު މެންދުރު 14:15 އިން ހަވީރު 18:00 ގެ ނިޔަލަށެވެ. މި ވަގުތު މަސަރަހައްދުގެ ވިލާގަނޑުގައި ގަޑީއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި، ދެކުނުގެ އަތޮޅުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަށްވުރެ ގަދަވާނެ ކަމަށް ލަފާކުރެއެވެ. މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް