ވައިގެ މަގުން މާމިގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އދ. މާމިގިއްޔަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. މިމަހުގެ 28 ވަނަ ދުވަހު ހަވީރު 17:50 ހާއިރު ފުލުހުން ހިންގި އޮޕްރޭޝަނެއްގައި މިމީހާ ހައްޔަރުކޮށްފ...

30 Oct 2019 | 09:38

އދ. މާމިގިއްޔަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މިމަހުގެ 28 ވަނަ ދުވަހު ހަވީރު 17:50 ހާއިރު ފުލުހުން ހިންގި އޮޕްރޭޝަނެއްގައި މިމީހާ ހައްޔަރުކޮށްފައި ވަނީ މާމިގިލި އެއާޕޯޓުންނެވެ. ފުލުހުން ވިދާޅުވީ، އެއާޕޯޓުން މިމީހާ ހިފަހައްޓައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް މިމީހާގެ އަތުން ފެނިފައިވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

މިމައްސަލަ ފުލުހުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް