މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ކުޑަކުއްޖަކު ހިރިލަންދޫން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން  ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތ.ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހިރިލަންދޫ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗާއެކު 17 އަހަރުގެ ފިރިހެން...

30 Oct 2019 | 08:29

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން  ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތ.ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހިރިލަންދޫ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗާއެކު 17 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެ ކުއްޖާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ވިއްކާ، ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހުގެ ރޭ 20:10 ހާއިރު ހިރިލަންދޫ މަގުމަތިންނެވެ.

މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހިރިލަންދޫ ގެއެއް ބަލައިފާސްކުރިއިރު، އެގޭގެ ކޮޓަރިއެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 41 ރަބަރު ޕެކެޓުގެ އިތުރުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ގަނޑެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް