ސުޕްރީމް ކޯޓަށް މަހާޒު އައްޔަންކުރަން އެމްޑީޕީން ތްރީލައިން ވިޕެއް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރަށް ރުހުން ދޭން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފިއެވެ. މަހާޒަށް ރުހުންދިނުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ވިޕެއް ނެރ...

30 Oct 2019 | 08:16

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރަށް ރުހުން ދޭން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފިއެވެ.

މަހާޒަށް ރުހުންދިނުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ވިޕެއް ނެރެފައިވަނީ މިއަދު ބޭއްވި އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި 32 މެމްބަރުންގެ ތާއީދާއެކުއެވެ. މި ބައްދަލުވުމަށް 50 މެމްބަރުން ހާޒިރުވެ ވަޑައިގެންނެވިއެވެ.

މަހާޒްގެ އިތުރުން ދެން ސުޕްރީމް ކޯޓަށް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ނަންފުޅެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރާނެ ފަރާތެއް ކަނޑައެޅުން މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް