އިންޑިއާގެ އަވަށެއް ކަމަށްވާ އޫޓީގައި ނުވަވަނަ ލެވެލްގައި ކިޔަވާ ދަރިވަރަކު ޓެސްޓުން ފާސްނުވުމުން ޓީޗަރަކަށް އަނިޔާކޮށްފި އެވެ.
ޓެސްޓުން ފާސްނުކޮށްދިނީ ގަސްތުގައި ކަމަށް ބުނެ ދަރިވަރު ޓީޗަރުގެ ބޮލުގައި ކައިރީހުރި ލަކުޑި ގޮނޑިން ޖަހައި ވަނީ ބޯފަޅާލައިފައެވެ. ރިޕޯޓުތައް ބުނާގޮތުގައި ހަމަ އެހިނދުން ޓީޗަރު ވަނީ ހެޔަށް ގޮތްވެ، ތަޅަންމައްޗަށް ވެއްޓިފައެވެ. ނަމަވެސް ހޭނުނެތޭކަމަށް އިންޑިއާގެ ރިޕޯޓުތައް ބުނެއެވެ.
މިކުއްޖާ އަކީ އަބަދުމެ ޓީޗަރުންނާ ޒުވާބުކޮށް އުޅޭކުއްޖެއް ކަމަށް އެއްކުލާހުގައި ކިޔަވާ ކުދިން ބުނެ އެވެ. އެކުއްޖާއަށް މިހާރު ވަނީ ކައުންސެލިން ދޭން ފަށާފަ އެވެ.
އިންޑީއާގެ ނޫސްތަކުން ބުނާގޮތުގައި މިހާދިސާ ހިނގާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ޓީޗަރަށް މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އިންޑިއާ އަކީ ކޮންމެ ދުވަހަކު ވެސް މިފަދަ ކަންކަން ހިނގާ ގައުމެކެވެ. ޚަބަރުތަކުގެ ފަލަ ސުރުޚީގައި މިފަދަ ކަމެއް ނޯންނަ ދުވަހެއް މަދުވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް