އައިއެސް ޖަމާއަތުގެ އިސް ލީޑަރު އަބޫ ބަކްރް އަލް-ބަގްދާދީ މަރާލުމުގެ ކުރިން އެއީ އޭނާކަން ކަށަވަރުކުރީ އޭނާގެ ޖަނގިޔަލެއް ވަގަށް ނަގައި އޭގެ ޑީއެންއޭ ޓެސްޓްތައް ކޮށްގެން ކަމުގައި ރިޕޯޓްކޮށްފިއެވެ.
އެގޮތުން އެކަން ކުރީ ކުރުދީ ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިގެންވާ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިންނެވެ. ކުރުދީ ހަނގުރާމަވެރިން ކުޅެދިން ރޯލަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ޝުކުރުވެސް އަދާކުރިއެވެ.
އެސްޑީއެފްގެ އިސް އޮފިޝަލަކު ބުނެފައިވާގޮތުގައި ބަގްދާދީ އަތުލައިގަތުމަށް އެމެރިކާއިން ގެންދާ އޮޕަރޭޝަނުގައި އެސްޑީއެފްއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވަނީ މި އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ފިލާ އޮއްވާ އެމެރިކާގެ އަސްކަރީ ޓީމުން ބަގްދާދީ އަތުލައިގަތުމުން އޭނާ މަރުވީ އަމިއްލައަށް ޖާނު ގޮއްވާލައިގެންނެވެ. އޭނާގެ ހަށިގަނޑުގެ ބައިތައް މިހާރު ކަނޑުފައްތާފައިވާކަމަށް އެމެރިކާއިން ބުނެފައިވާއިރު މަރާލެވުނީ ދުނިޔޭގެ އެންމެ ބޮޑު ޓެރަރިސްޓް ކަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސިފަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް