ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ މޫސުން ގޯސްވެފައިވާތީ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާޓް ނެރެފިއެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށެވެ. މި ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން މިސަރަހައްދަށް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:00ން މެންދުރު 12:00 އަށެވެ.
މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި، ދެކުނުގެ އަތޮޅުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަށްވުރެ ގަދަވާނެ ކަމަށް ލަފާކުރެއެވެ. މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް