ޕަޕަރާޒީންނާއި ހެދި ތައިމޫރް ރުޅިގަދަވެއްޖެ

ޕަޕަރާޒީން ފޮޓޯ ނަގަންފެށުމުން ތައިމޫރް އަލީ ޚާން ރުޅިގަދަ ވެއްޖެ އެވެ. ތައިމޫރަކީ ޕަޕަރާޒީންނަށް އެންމެ ކަމުދާ ބޮލީވުޑްގެ ސްޓާ ކިޑަށް ވާއިރު، އެމީހުން އަބަދުވެސް ތިބެނީ ތައިމޫރަށް ފާރަލައިގެންނެވެ. އ...

30 Oct 2019 | 04:14

ޕަޕަރާޒީން ފޮޓޯ ނަގަންފެށުމުން ތައިމޫރް އަލީ ޚާން ރުޅިގަދަ ވެއްޖެ އެވެ.

ތައިމޫރަކީ ޕަޕަރާޒީންނަށް އެންމެ ކަމުދާ ބޮލީވުޑްގެ ސްޓާ ކިޑަށް ވާއިރު، އެމީހުން އަބަދުވެސް ތިބެނީ ތައިމޫރަށް ފާރަލައިގެންނެވެ. އިންޑިއާ މީހުން ފާހަގަކުރާ 'ދިވާލީ' ފާހަގަކުރުމަށް ތައިމޫރުގެ މަންމަ ކަރީނާ ކަޕޫރާއިއެކު ދަނިކޮށް ޕަޕަރާޒީން ފޮޓޯ ނަގަން ފެށުމުން ތައިމޫރް ވަނީ ރުޅިއައިސްގެން ހަޅޭއްލަވައިގަނެފައެވެ.

އާންމުވެފައިވާ ވީޑިއޯއަކުން ފެންނަގޮތުގައި ޕަޕަރާޒީން ފޮޓޯ ނަގަން ފެށުމުން ވަރަށް ބާރަށް "ނޯ" އޭ ކިޔާފައި ތައިމޫރް ވަނީ ހަޅޭއްލަވައިގަނެފައެވެ.

ތައިމޫރްގެ ބައްޕަ ސައިފް އަލީ ޚާން ކުރިން ދިން އިންޓަވިއުއެއްގައި، ތައިމޫރް މިހާރު ޕަޕަރާޒީން ކައިރިން ފޮޓޯ ނުނެގުމަށް އެދެން ދަސްކޮށްފި ކަމަށް ވަނީ ބުނެފައެވެ. ސައިފް އާއި އަންހެނުން ކަރީނާ ދިރިއުޅޭ ގޭ ދޮށުގައި ޕަޕަރާޒީން އަބަދުމެ ފާރަލަމުން ދާތީ، އެކަމާ އުނދަގޫވެގެން އަވަށްޓެރިން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ. އޭގެ ފަހުން ސައިފް ވަނީ ޕަޕަރާޒީންނާއި ވާހަކަ ދައްކައި، ގޭދޮށަށް ނައުމަށް އެމީހުން ކައިރިން އެދިފައެވެ.

ތައިމޫރަކީ ޕަޕަރާޒީން އެންމެ ގިނައިން ފާރަލާ ޖޫނިއާ ތަރި ކަމަށްވާއިރު، ތައިމޫރުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުނުވާ ދުވަހެއް މަދުވާނެއެވެ. ޕަޕަރާޒީންގެ އުނދަގުލާއި ހެދި ސައިފް ކައިރިއަށް ރުޅި އައިސްގެން އެމީހުންނާއި ދިމާލަށް އެއްޗެހިގޮވި ކަމުގެ ޚަބަރުތަކެއް ވެސް މީގެ ކުރިން ވަނީ ފެތުރިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް