ހަންގަނޑުގެ ކުލަ އަލި ކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށް ސުހާނާ ބުުނެފި

ގައިގެ ހަންގަނޑުގެ ކުލަ އަލި ކުރަން އެއްވެސް ކަހަލަ ފަރުވާއެއް ހޯދާފައި ނުވާނެ ކަމަށް ބޮލީވުޑްގެ ކާމިޔާބު ބަތަލް ޝާރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން ބުނެފި އެވެ. ފިލްމީ ދާއިރާ އާއި ގުޅުންހުރި ...

30 Sep 2020 | 05:11

ގައިގެ ހަންގަނޑުގެ ކުލަ އަލި ކުރަން އެއްވެސް ކަހަލަ ފަރުވާއެއް ހޯދާފައި ނުވާނެ ކަމަށް ބޮލީވުޑްގެ ކާމިޔާބު ބަތަލް ޝާރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން ބުނެފި އެވެ.

ފިލްމީ ދާއިރާ އާއި ގުޅުންހުރި ދާއިރާއަކުން މަތީ ތައުލީމު ހާސިލް ކުރަމުންދާ ސުހާނާ އަކީ އިންސްޓަގްރާމްގައި މަގުބޫލު މީހެކެވެ. އޭނާ ފާޅު ކުރާ ހިިޔާލުތަކާއި ކަންކަމުގައި ފޮރުވުމެއް ނެތި ވާހަކަ ދެއްކުމަކީ އާންމުންގެ މެދުގައި އޭނާއަށް އޮންނަ ސަޕޯޓު އިތުރުވެފައިވާ ކަމެކެވެ.

ސުހާނާ އިންސްޓަގްރާމްގައި ބުނީ އޭނާގެ އުމުރުން 12 އަހަރުގައި ގައިގެ ހަންގަނޑު ކަޅު ކަމަށް ބުނެ މީހުން މަލާމަތް ކުރި ކަމަށެވެ. އަދި އެފަދަ މަލާމާތުގެ ބަސްތައް ރައްދު ކުރި މީހުންގެ ތެރޭގައި މަޝްހޫރު މީހުން ހިމެނޭ ކަމަށެވެ.

އެކަމަކު މިހާރު އޭނާގެ ހަންގަނޑުގެ ކުލަ އަލިވެފައި ރީތި ކަމުން މީހުން ތައުރީފު ކުރާ ކަމަށް ސުހާނާ ބުނެފައިވެ އެވެ. އިތުރަށް ބުނީ ހަމުގެ ކުލަ އަލި ކުރަން ފަރުވާ ހޯދި ކަމަށް ބައެއް މީހުންނަށް ގަބޫލު ކުރެވުނަސް އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

އޭނާ ބުނީ އިންޑިއާގައި އެކި ނަސްލައް ނިސްބަތްވާ މީހުންް އުޅޭއިރު އެންމެންނަކީ ކުލަ އާދަޔާ ހިލާފަށް އަލި މީހުންނަށް ނުވާނެކަން ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ. އަދި މިހާރުވެސް ކައިވެނިތަށް ކުރާއިރު އާއިލާތަކުން ފިރިހެން ކުއްޖާގެ ނުވަތަ އަންހެން ކުއްޖާގެ ހަމުގެ ކުލައަށް ވަރަށް ބޮޑަށް ސަމާލުކަން ދޭ ކަމަށް ބުނެފައިވެ އެވެ.

މިކަމާއި ގުޅިގެން އޭނާގެ ޕޯސްޓަށް ކޮމެންޓު ކުރި މީހުން ވަނީ ސުހާނާގެ ވާހަކަތަކަށް ތައުރީފު ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް