ބަޔާން މިޔުނިކްއަށް ކުޅެމުން އަންނަ ޖަރުމަން ވިންގާ ލިރޯއީ ސާނޭއަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ކުޅުމާއި ދުރަށް ދާންޖެހިއްޖެއެވެ.
މިކަމާއި ގުޅިގެން ބަޔާންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަނޭގެ ކަކުލަށް އަނިޔާވެފައިވާ ކަމަށާއި އަދި އޭނާއަށް އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އަންނަން ދެ ހަފްތާ ވަރު ނަގާނެކަމަށެވެ.
ސާނޭއަށް އަނިޔާގެ މައްސަލަ ކުރިމަތިވީ ބުންޑެސްލީގާގައި ހޯފެންހާމްއާއި ދެކޮޅަށް ކުޅެ ބަޔާން މިއުނިކް ބަލިވެ މެޗުގައެވެ. އެމެޗުން ބަލިވެފައިވަނީ 1-4 ގެ ނަތީޖާއަކުންނެވެ.
މި އަނިޔާގެ ސަބަބުން ސާނޭއަށް ޑޯޓުމުންޑާއި ދެކޮޅަށް ބަޔާން ކުޅޭ ޑީއެފްއެލް ސުޕަރަކަޕު މެޗުގައި ނުކުޅެވޭނެއެވެ.
މިރޭ އެލިއެންޒް އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ކުޅޭނީ މިރޭ 11:30 ގައެވެ. މިމެޗަކީ ޖަރުމަނުގެ ލީގު (ބުންޑެސްލީގާ) ޗެމްޕިއަންއާއި ކަޕް (ޑީއެފްބީ-ޕޯކަލް ކަޕް) ޗެމްޕިއަންއާ ދެމެދު ކުޅެވޭ މެޗެކެވެ.
ސާނޭއަށް އަނިޔާވެ ކުޅުމާއި ދުރަށް ދާންޖެހުނު އިރު، ބަޔާންފެ ޑިފެންޑަރ އަލަބާގެވެސް ހުރީ އަނިޔާގައެވެ.
އުމުރުން 24 އަހަރުގެ ސާނޭ ބަޔާންއާއި ގުޅުނީ ދާދި ފަހުން މެންޗެސްޓާރ ސިޓީންނެވެ. ސާނޭ ބަޔާންއާއި ގުޅުނީ ފަސްއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ސާނޭ ވަނީ ބަޔާންއަށް ބަދަލުވެ އެޓީމާއި އެކު ޔޫއެފާ ސުޕަކަޕްވެސް ކާމިޔާބުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް