ތިއާގޯ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ލިވަޕޫލަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓްރާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އަންގާރަ ދުވަހުގެރޭ ލިވަޕޫލުން ވަނީ ތިއާގޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން ހާމަކޮށްފައެވެ. އެގ...

29 Sep 2020 | 20:35

ލިވަޕޫލަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓްރާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ލިވަޕޫލުން ވަނީ ތިއާގޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން ހާމަކޮށްފައެވެ. އެގޮތުން އެ ކުލަބުން ނެރުނު ބަޔާނެއްގައި ބުނީ ތިއާގޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު، އޭނާގެ ހަށިގަނޑުން ކޮންމެސް ވަރެއްގެ އަލާމާތްތަކެއް ފެނިފައިވާ ކަމަށާއި، އެކަމަކު ތިއާގޯގެ ހާލު ރަނގަޅު ކަމަށެވެ. އަދި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އޭނާ ސެލްފް-އައިސޮލޭޝަނަށް ގޮސްފައިވާކަން ލިވަޕޫލުން ވަނީ ހާމަކޮށްފައެވެ.

ދާދިފަހުން ބަޔާން މިއުނިކުން ލިވަޕޫލްއާ ގުޅުނު ތިއާގޯ ބަލިވެ އުޅޭތީ ރޭ ޕްރިމިއާ ލީގުގައި އާސެނަލްއާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި ތިއާގޯ ކުޅެފައެއް ނުވެއެވެ.

ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހުގެރޭ އިނގިރޭސި ލީގު ކަޕްގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗާއި އަދި ޕްރިމިއާ ލީގުގައި އަންނަ އާދީއްތަ ދުވަހު އެސްޓަންވިލާއާ ދެކޮޅަށް ލިވަޕޫލް އިން ކުޅޭ މެޗުގައި ވެސް ތިއާގޯ އަށް ނުކުޅެވޭނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ތިއާގޯއަށް އެންމެ އަވަހަށްވެސް ދެން މެޗެއް ކުޅެވޭވަރުބާނީ އަންނަ އޮކްޓޯބަރު މަހުގެ 17 ގެ ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް