އައްޑޫއިން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާއްމުކޮށްފި

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަދި ހުޅުދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިއަދު އާންމުކޮށްފިއެވެ. އައްޑޫ ސިޓީ ކައުންސިލުން މިއަ...

30 Sep 2019 | 14:57

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަދި ހުޅުދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިއަދު އާންމުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވެ، ފްލެޓް ލިބޭ ފަރާތްތަކުގެ ފޯމު ނަންބަރާއި ނަމާއި އެޑްރެސް އަދި ލިބިފައިވާ ޖުމްލަ ޕޮއިންޓް އެނގޭނެ ދާއިމީ ލިސްޓް ޢާންމުކޮށް އިއުލާންކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓާއި ކައުންސިލް އިދާރާގެ ވެބްސައިޓްގައި ޝާއިޢުކުރެވި، އަވަށު އޮފީސްތަކާއި ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައިވެސް ވަނީ ބަހައްޓާފައެވެ.

ފްލެޓްތައް ލިބޭ ފަރާތްތަކާއެކު އެގްރީމެންޓް ހެދުމުގެ ކުރިން، އެކެޓަގަރީއެއްގެ ދަށުން ޢާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުތަކުގައިވާ ގޮތުގެ މަތިން، ގޯތިގެދޮރާއި ބެހޭ މަޢުލޫމާތު އިތުރަށް ބަލައި ޗެކްކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

"ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ހިތަދޫގައި 264 ފްލެޓް އަދި ހުޅުދޫގައި 48 ފްލެޓް ވަނީ އިމާރާތްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް