އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާގެ މަގާމުގައި ހުންނެވި ޝަމްރާ ޝަމީމް ހަމަޖައްސައިފި އެވެ.
އެ މަގާމަށް ޝަމްރާ ހަމަޖެއްސެވި ކަމުގެ ލިޔުން އޭނާއާ ހަވާލު ކޮށްދެއްވީ ޕީޖީ އާއިޝަތު ބިޝާމް އެވެ.
ޝަމްރާއަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޕީޖީ އޮފީހަށް ޚިދުމަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. ޝަމްރާ ވަނީ ޖިނާއީ ބައެއް ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާފައެވެ.
އެސިސްޓެންޓް ޕީޖީގެ މަގާމަށް ޝަމްރާ ހަމަޖައްސާފައި މިވަނީ އެސިސްޓެންޓް ޕީޖީ ކަމުގައި ހުންނެވި އާއިޝަތު ފަޒްނާ އަހްމަދު މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. ޝަމްރާގެ އިތުރުން ދެ އެސިސްޓެންޓް ޕީޖީއަކު މިހާރުވެސް އެބަ ހުންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް