ޓީޖެޓީ ސަރަހައްދުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާ ހިނގާދިޔަ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގެންފިއެވެ.
އެމަނިކުފާނު ވަނީ އެ ސަރަހައްދަށް ވަޑައިގެން އެމްއެންޑީއެފްގެ އޮފިސަރުންގެ އަރިހުން ކަން ހިނގާދިޔަ ގޮތް ސާފު ކުރައްވާ އެ ސަރަހައްދު ބައްލަވާލައްވާފައެވެ. އޮތް ލޯންޗަކާއި ތެޔޮ ބައުޒަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ޓީ ޖެޓީގައި އޮތް ލޯންޗަކާއި ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ 3:40 އެހާކަށްހާއިރު ކަމަށެވެ. މި ހާދިސާގައި ނުވަ މީހަކަށް އަނިޔާވިއެވެ. އޭގެތެރެއިން އެކަކު ވަނީ ސީރިއަސް ހާލަތެއްގައެވެ.
ލޯންޗުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވަނީ އެ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރެއްގައި އަލިފާން ހިފިއެވެ. އަދި އޭގެ ފަހުން އިތުރު ދެ ބައުޒަރެއްގައި އަލިފާން ހިފިއެވެ. އަލިފާން ނިއްވާލީ ފޯމް ޖަހައިގެންނެވެ. މި ހާދިސާގައި އަލިފާން ރޯވި ލޯންޗު ވަނީ ޓީޖެޓީ ފަޅުތެރެއަށް އަޑިއަށް ގޮސްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އަލިފާން ރޯވި ލޯންޗަކީ އއ. ރަސްދޫ ލޯންޗެކެވެ.
މި ހާދިސާ ހިނގަން މެެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ. ފުލުހުން އަންނަނީ އެކަން ތަހުގީގު ކުރަމުންނެވެ. ރައީސް ސޯލިހު މިއަދު ރާއްޖެ ވަޑައިގެންނެވި ގޮތަށް މާ ގިނައިރުތަކެއް ނުވަނީސް ވަނީ މި މަހުގެ ވިހިވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ ހިނގާދިޔަ ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގެ ހާލަތުވެސް ބައްލަވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް