ޓީޖެޓީގައި ރޯވުން: އަލިފާންގަނޑު ކޮންޓްރޯލުވިއިރު 9 މީހަކު ފިހިގެން ފަރުވާ ދެނީ

ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗަކާއި ތެޔޮ ބައުޒަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ފުލުހުން ބުނީ ޓީ ޖެޓީގައި އޮތް ލޯންޗަކާއި ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލި...

30 Sep 2019 | 10:49

ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗަކާއި ތެޔޮ ބައުޒަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ޓީ ޖެޓީގައި އޮތް ލޯންޗަކާއި ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ 3:40 އެހާކަށްހާއިރު ކަމަށެވެ. މި ހާދިސާގައި ނުވަ މީހަކަށް އަނިޔާވިއެވެ. އޭގެތެރެއިން އެކަކު ވަނީ ސީރިއަސް ހާލަތެއްގައެވެ.

ލޯންޗުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވަނީ އެ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރެއްގައި އަލިފާން ހިފިއެވެ. އަދި އޭގެ ފަހުން އިތުރު ދެ ބައުޒަރެއްގައި އަލިފާން ހިފިއެވެ. އަލިފާން ނިއްވާލީ ފޯމް ޖަހައިގެންނެވެ. މި ހާދިސާގައި އަލިފާން ރޯވި ލޯންޗު ވަނީ ޓީޖެޓީ ފަޅުތެރެއަށް އަޑިއަށް ގޮސްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އަލިފާން ރޯވި ލޯންޗަކީ އއ. ރަސްދޫ ލޯންޗެކެވެ.

މި ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވަނީސް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ އެ ސަރަހައްދަށް ވަޑައިގެން، އަލިފާން ރޯވި ސަރަހައްދު ބައްލަވާލައްވާފައެވެ. މި ހާދިސާ ހިނގަން މެެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ. ފުލުހުން އަންނަނީ އެކަން ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް