ދެކުނު އިންޑިއާ އަށް ކުރަމުންދާ ވިއްސާރައި ގައި އެތައް ބަޔަކު މަރުވެއްޖެ

ދެކުނު އިންޑިއާގައި ކުރަމުންދާ ވިއްސާރައިގައި އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ސްޓޭޓްގައި ފެންބޮޑުވެ، އެ ހާދިސާގައި އެތައްބަޔަކު  މަރުވެއްޖެއެވެ. ފެން ބޮޑުވުމުގެ ސަބަބުން އުއްތަރް ޕްރަދޭޝް އަދި ބިހާރުގެ...

30 Sep 2019 | 08:42

ދެކުނު އިންޑިއާގައި ކުރަމުންދާ ވިއްސާރައިގައި އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ސްޓޭޓްގައި ފެންބޮޑުވެ، އެ ހާދިސާގައި އެތައްބަޔަކު  މަރުވެއްޖެއެވެ.

ފެން ބޮޑުވުމުގެ ސަބަބުން އުއްތަރް ޕްރަދޭޝް އަދި ބިހާރުގެ ސްކޫލްތަކާއި ރެއިލްވޭ ސްޓޭޝަންތަކުގެ އިތުރުން ކަރަންޓުގެ ހިދުމަތް ވަނީ އެއްކޮށް މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލައިފައެވެ.

އެ ސްޓޭޓްގެ އޮފިޝަލުންނާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތައް މިހާރު ވަގުތީ ހިޔާއަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

އެގޮތުން މި ޙާދިސާގައި 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދަނީ ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީ އެހީވުމަށް ކަމަށް ވެސް އޮފިޝަލަކާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަލްޖަޒީރާގައި ބުނެފައި ވަނީ ކުރިއަށް އޮތް 48 ގަޑިއިރަށް ލަފާކުރެވޭ ގޮތުގައި ވަރަށް ގަދަ ވަޔާއެކު ވިއްސާރަ ވާނެ ކަމަށެވެ. އަދި ގިނަ ބަޔަކު ހާލުގައި ޖެހުނީ ވިއްސާރައިގައި ގެތައް ހަލާކުވެ، ފެންގަނޑުގައި ގެނބިގެން ކަމަށްވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް