އައިޔޫއެމް އަދި އެމްއެންޔޫގެ ކައުންސިލަށް މެމްބަރުން އައްޔަނުކޮށްފި

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ މަޖިލީހަށް ކައުންސިލް މެމްބަރުން އައްޔަނުކޮށްފިއެވެ. މި ދެ ޔުނިވާސިޓީގެ ކަޖިލީސް މެމްބަރުން އައްޔ...

30 Sep 2019 | 08:07

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ މަޖިލީހަށް ކައުންސިލް މެމްބަރުން އައްޔަނުކޮށްފިއެވެ.

މި ދެ ޔުނިވާސިޓީގެ ކަޖިލީސް މެމްބަރުން އައްޔަނުކޮށްފައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.

މި ދެ ޔުނިވާސިޓީގެ ގާނޫނުގައި ވާގޮތުން، ދެ ޔުނިވާސިޓީގެ ކައުންސިލް މެމްބަރުންގެ ގޮތުގައި 19 މެމްބަރުން ތިބޭއިރު، އޭގެތެރެއިން އަށް ބޭފުޅުން އައްޔަނުކުރައްވާނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރެވެ. އަނެއް އަށް ބޭފުޅުން ވާން ޖެހޭނީ ތަފާތު އަށް ދާއިރާއެއްގެ ބޭފުޅުންނަށެވެ. އެއިން ކޮންމެ ދާއިރާއަކުން ބޭފުލަކާއި، މަގާމުގެ ހައިސިއްޔަތުން ދެ މެމްބަރުންގެ އިތުރުން، ކައުންސިލަށް ފެނިއްޖެ ހިނދެއްގައި ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް ކައުންސިލުން އައްޔަންކުރާ އެކަކު މި މަޖިލީހުގައި ހިމެނޭނެއެވެ.

އެމްއެންޔޫގެ ކައުންސިލަށް އައްޔަނު ކުރެއްވި ބޭފުޅުންނަކީ:

  • ޑރ. އަސީލް ޖަލީލް
  • މުހައްމަދު ޝަހުދީ އަންވަރު
  • ޑރ. އިބްރާހިމް ޒުހުރީ
  • މުހައްމަދު ނާސިހް
  • އައިޝަތު ހުދާ އަހުމަދު
  • އަހުމަދު ޝާން މަންސޫރު
  • ޑރ. ޝެހެނާޒް އާދަމް
  • ހާމިދު އަބްދުލް ޣަފޫރު

އައިޔޫއެމްގެ ކައުންސިލަށް އައްޔަން ކުރެއްވި ބޭފުޅުންނަކީ:

  • ޑރ. އަބްދުﷲ ޝިހާމް
  • އަހުމަދު ސިރާޖު
  • ޑރ. މުހައްމަދު އިބްރާހިމް
  • ޑރ. މުހައްމަދު ހަނަފީ
  • އައިޝަތު ނަޝީދާ
  • ޑރ. އަބްދުﷲ ނަސީރު
  • ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު
  • ތޮއިބާ ސައީދު

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް