ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުގެ ބޭނުން ނާޖާއިޒު ގޮތުގައި ނުހިފާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވައިފިއެވެ.
ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް މިއަދު ރައްޔިތުން މަޖިލީހުން ފާސްކުރުމުން އެކަމަށް މަރުހަބާ ދަންނަވައި މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ގެންނަން ބޭނުންވި ބަދަލުތައް މަޖިލީހުން ފާސްވެގެން ދިއުމަކީ ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށެވެ.
https://twitter.com/ShimranAb/status/1178573077107494912
ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ޝަހީމް) ހުށަހެޅުއްވި މި ބިލިގައި، ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާއްމުންނަށް ނުވަތަ އާއްމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރަރިޒަމްގެ އަމަލެކެވެ.
ޓެރަރިޒަމް މާނަ ކުރުން ކަމަށް ބެލެވޭނީ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުމާއި އާންމުންނަށް ނުވަތަ އާންމު ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާފަދަ ހާލަތެއް ކުރިމަތި ކުރުވުމުގެ އިތުރުން މުހިންމު އުމުރާނީ ވަސީލަތަކަށް ބޮޑު ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދު ކަނޑާލުން ފަދަ ކުށެއް ކުރި ކަމަށްވާނަމަ އެވެ.
ހަނގުރާމަ ކުރުމަށް ހަނގުރާމަ ހިނގާ ސަރަހައްދަކަށް ދާން އުޅުމާއި ދިއުމާއި ހަނގުރާމައަށް މީހުން ފޮނުވުމަކީ ވެސް ކުށެކެވެ. އަދި ހަނގުރާމައަށް ދިއުމަށް ހިތްވަރު ދިނުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ބުނެފައިވެއެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމަކީ ކުށެއް ކަމަށް ނުބެލެވޭނެ ކަމަށް ބިލުގައިވެއެވެ.
ބިލުގައި ބުނެފައި ވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކޮށް ގޮވާލުމަކީވެސް ކުށެއް ކަމަށެވެ. މީގެއިތުރުން ޓެރަރިސްޓު ޖަމާއަތެއްގެ މެންބަރެއްކަން ނުވަތަ އެފަދަ ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ އަންނައުނެއް ލުން ނުވަތަ އެފަދަ ދޭހައެއްވުން އެކަށީގެންވާ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމަކީ ވެސް ކުށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް