ރަހީނުކުރި ބިދޭސީއަކު އަމިއްލައަށް ސަލާމަތްވެއްޖެ

ރަހީނުކޮށްފައި ވަނިކޮށް ބިދޭސީއަކު އަމިއްލައަށް ސަލާމަތްވެއްޖެއެވެ. މި ބިދޭސީ މީހާ ރަހީނުކޮށްގެން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ 2:46 ހާއިރުއެވެ. ފުލުހުން ވިދާޅުވީ، ...

30 Sep 2019 | 06:08

ރަހީނުކޮށްފައި ވަނިކޮށް ބިދޭސީއަކު އަމިއްލައަށް ސަލާމަތްވެއްޖެއެވެ.

މި ބިދޭސީ މީހާ ރަހީނުކޮށްގެން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ 2:46 ހާއިރުއެވެ. ފުލުހުން ވިދާޅުވީ، މި ބިދޭސީ މީހާ ރަހީނުކުރިކަމަށް ފުލުހުންނަށް ރިޕޯޓު ކުރުމާއި އެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާނެ ކަމަށެވެ.

ފުލުހުން އެމީހާ ހޯދަމުން ދަނިކޮށް، އޭނާ އަމިއްލައަށް ރަހީނުކުރި މީހުންގެ ކިބައިން ސަލާމަތްވީ އޭގެ އެއް ދުވަސް ފަހުންނެވެ.

ރަހީނުކުރި މީހުންގެ ކިބައިން އޭނާ އަމިއްލައަށް ސަލާމަތްވެގެން، ފުލުހުންގެ އިދާރާއަށް އައިސް ކަންވީ ގޮތް ފުލުހުންނާއި ހިއްސާކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް