1975 އަހަރު ރިލީޒްކުރެވުނު ބްލޮކްބަސްޓާ ފިލްމް "ޝޯލޭ"ގެ ކާލިއާގެ ރޯރޯލުން ފެނިގެން ދިޔަ ވިޖޫ ކޯޓޭ މަރުވެއްޖެއެވެ.
ވިޖޫ މިއަދު މަރުވެފައި މިވަނީ އުމުރުން 78 އަހަރުގައެވެ. ގިނަ މީޑިއާތަކުން ބުނާގޮތުގައި އޭނާ މަރުވެފައި ވަނީ މުސްކުޅި ބަލީގައެވެ.
ވިޖޫގެ މަރާއި އެކު މުޅި ބޮލީވުޑާއި އޭނާގެ ސަޕޯޓަރުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.
ގިނަ ފިލްމް ތަކަކުން ވިޖޫ ފެނުނު ނަމަވެސް އޭނާ އެންމެ މަޝްހޫރުކަމެއް ހޯދާފައި ވަނީ "ޝޯލޭ"ގެ ކާލިއާގެ ރޯލުންނެވެ. އެ ފިލްމްގެ ގިނަ ޑައިލޮގް ތަކަކީ އަދިވެސް "އައިކޮނިކް" ޑައިލޮގް ތަކެކެވެ. މީގެ އިތުރުން "އަންދާޒް އަޕްނާ އަޕްނާ" ފިލްމްގެ ރޮބާޓްގެ ރޯލަކީ ވެސް ވިޖޫގެ ފިލްމްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ރޯލެކެވެ.
ވިޖޫ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ނެރެނު ފިލްމު "ޖާނެ ކިއުން ދެ ޔާރޯން" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް