ރޯޔަލް ޖޯޑޭނިއަން އެއާލައިންސް އިން ރާއްޖެއަށް ޗާޓަރު ފްލައިޓް ދަތުރުތަކެއް ފަށައިފިއެވެ.
ރޯޔަލް ޖޯޑޭނިއަން އެއާލައިންސްގެ ދަތުރުތައް ރާއްޖެ އަށް ފަށާނެކަމަށް ވަނީ މި އަހަރުގެ ކުރީކޮޅު އިއުލާންކޮށްފައެވެ. އެގޮތުން ރާއްޖެ އަށް ޗާޓަރު ފްލައިޓް ދަތުރުތައް އަޅަން ފެށީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.
މެދުއިރުމަތީގެ ބޮޑު އެއާލައިނެއް ކަމަށްވާ ރޯޔަލް ޖޯޑޭނިއަންގެ ފްލައިޓް، ރާއްޖެ އަށް ބޭއްވުމައް ހަމަޖެހިފައިވަނީ ހަފްތާއަކު ތިން ފްލައިޓެވެ.
އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް، ވެރި ރަށް އައްމާންގެ މައި އެއާޕޯޓް ކަމަށްވާ ކްއީން އާލިއާ އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖޭގެ ވީއައިއޭއާ ދެމެދު މި އެއާލައިން އިން ހަފުތާއަކު އެއް ފްލައިޓް ބާއްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް