މިމަހުގެ 21 ވަނަ ދުހުރެ ރޭ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ބައްލަވާލައްވައިފިއެވެ.
ރައީސް އ.ދ. ގެ އާންމު މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެން ފުރަތަމަ ޒިޔާރަތްކުރެއްވީ އަބަދަށް ފެހިމަގުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށެވެ.
ރައީސް މިސަރަހައްދަށް ޒިޔާރަތްކުރެއްވީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސަރަހައްދުގެ މިހާރުގެ ހާލަތު ބައްލަވައިލެއްވުމަށެވެ.
މި ހާދިސާގައި ހަތް ގެއަކާއި ހަތަރު ގުދަނެއް ވަނީ އަނދާ ހުލިވެފައެވެ. މިހާދިސާގައި ގާތްގަނޑަކަށް 562 މީހުން ހާލުގައި ޖެހުނުއިރު، ހާލުގައި ޖެހުނު ހުރިހާ ފަރާތްތަކަކަށް މިހާރު ވަނީ ވަގުތީ ހިޔާ ދީފައެވެ.
މިހާދިސާގައި ކެމިކަލް ގުދަން ކުރިމަތިން ހުރި ރަދުވާނިއާ ގޭގެ ތިން ވަނަ ފްލޯގައި ދިރިއުޅުނު ތ. ބުރުނީ، ފެންފިޔާޒުގޭ، އައިޝަތު ޝައުނާ، 46، ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް