މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ އިސްވެރިންނާއި ނައިބު ރައީސް ފައިޞަލް ނަސީމް ބައްދަލުކުރައްވައިފި.
ރައީސް އޮފީހުގައި އިއްޔެ މެންދުރު ފަހު ބޭއްވި މި ބައްދަލުކުރެއްވުމުގައި، އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުތައް ވަނީ ނައިބު ރައީސްއާ ޙިއްސާކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ މަޝްރޫޢުތައް އެއްފަހަރާ ބާރު ދުވެލީގައި ކުރިއަށްގެންދެވި ނަމަވެސް މަޝްރޫޢުތަކުގެ ފެންވަރު ވަޒަންކޮށް ރަނގަޅަށް މޮނިޓަރކޮށްގެން ކުރިޔަށްގެންދިއުން މުހިންކަމަށެވެ.
އެމްޓީސީސީ އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ މަޝްރޫޢުތަކާބެހޭ މައުލޫމާތު އެ ކުންފުނީގެ އިސްވެރިން ވަނީ ނައިބު ރައީސް އާއި ޙިއްސާކުރައްވާފައެވެ.
އެގޮތުން މަޝްރޫޢުތައް ކުރިޔަށް ގެންދާއިރު ފެންވަރު ހިފެހެއްޓުމާއެކު ބާރު ދުވެލީގައި މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަމާލުކަން ދީގެން މަސައްކަތްތައް ކުރިޔަށް ގެންދާނެކަމުގެ ޔަޤީންކަން ވެސް އެމްޓީސީސީގެ ފަރާތުން ނައިބު ރައީސް އަށް ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް