މިއަހަރުގެ ކެމްބްރިޖް އައިޖީސީއެސްއީ، ޖީސީއީ އޯލެވެލް އިމްތިޙާނާއި ރާއްޖޭގެ ޤައުމީ އިމްތިޙާނުކަމަށްވާ އެސްއެސްސީ އިމްތިޙާނު މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި 7125 ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރާ ގޮތުގައި ގިނަ އަދަދެއްގެ ސުކޫލު ދަރިވަރުން 10 އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ތައްޔާރުވާ މި އިމްތިޙާނުގައި 197 ސުކޫލު ސެންޓަރުން 5587 ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި އަމިއްލަ ގޮތުން 52 ސެންޓަރަކުން 1538 ދަރިވަރުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި، ޝްރީލަންކާގައި ހުންނަ މޯލްޑިވްސް އެޑިޔުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރުގައި އެސްއެސްސީ އިމްތިޙާނު ހަދާ 12 ދަރިވަރުންވެސް ހިމެނެއެވެ.
މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މި އިމްތިޙާނު ކުރިޔަށްދާނޭ ކަމުގައި އެ މިނިސްޓްރީން ހާމަކުރެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މި އިމްތިޙާނު ފެށުމުގެ ގޮތުން މި އަދާއި މާދަމާ އޮންނާނީ އެސްއެސްސީ އިމްތިޙާނުގެ ދެމާއްދާ ކަމަށްވާ ދިވެއްސާއި އިސްލާމް ކަމަށެވެ. އަދި އޯލެވެލް އިމްތިޙާނާއެކު މި އަހަރުގެ އޭލެވެލް/އެޗްއެސްސީ އިމްތިޙާނުވެސް ކުރިޔަށް ދާނެއެވެ. އޭލެވެލް/އެޗްއެސްސީ އިމްތިޙާނު ފެށޭނީ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް