އެޕަލްގެ އައުފޯނު އައިފޯނު 8 އަދި އައިފޯނު 8 ޕްލަސްގެ ބައެއް ފޯނުތައް ޗާޖަށް ޖަހާފައި އޮއްވާ ފަޅަފަޅައިގެންދާކަމުގެ ވާހަކަތަކެއް ފެތުރިއްޖެ އެވެ.
މީގެ އެއް ހާދިސާ ހިނގާފައިވަނީ ތައިވާނުގަ އެވެ. ތައިވާނުގެ މީހަކު ގަތް އައިފޯނު 8 ޕްލަސް އެއް ޗާޖަށް ޖަހާފައި އޮއްވާ ވަނީ ފަޅައިގެން ގޮސްފަ އެވެ.
މިސް ވޫ ނަމަކަށް ކިޔާ މީހަކު ގަތް އެ ފޯނު ފަޅައިގެން ގޮސްފައިވާއިރު އެކަން މެދުވެރިވަނީ ބެޓެރީ ދޮންބޮޑުވެ ގޮވާން ކައިރިވުމުން ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެ އެވެ.
https://twitter.com/Magokoro0511/status/911893917192163328
ޗައިނާގެ ކަސްޓަމަރަކަށްވެސް މިކަން މިހެން ދިމާވެފައިވާކަމަށްބުނެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައި ވެ އެވެ.
މިކަންކަމާއިބެހޭގޮތުން އެޕަލް އިން ރަސްމީ ސިފައެއްގައި އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް