ޗައިނާގެ މުސްލިމުން އަތުން ހަތިމް ތަކާއި މުސައްލަތައް އަތުލަނީ !

ޗައިނާގައި މުސްލިމުންގެ އަތުން ހަތިމް ތަކާއި މުސައްލަތައް އަތުލުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައިވާކަމަށް ބައިނަލްއަގްވާމީ ބޮޑެތި ނޫސްތަކުން ބުނެފި އެވެ. އެގޮތުން ދަ އިންޑިޕެންޑެންޓް، ދަ ސަން، ނިއުސް ޑޮ...

29 Sep 2017 | 23:18

ޗައިނާގައި މުސްލިމުންގެ އަތުން ހަތިމް ތަކާއި މުސައްލަތައް އަތުލުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައިވާކަމަށް ބައިނަލްއަގްވާމީ ބޮޑެތި ނޫސްތަކުން ބުނެފި އެވެ.

އެގޮތުން ދަ އިންޑިޕެންޑެންޓް، ދަ ސަން، ނިއުސް ޑޮޓް ކޮމް ޑޮޓް އޭޔޫ ފަދަ ބޮޑެތި މީޑިއާތަކުގައި ބުނެފައިވަނީ ޗައިނާއިން އެގައުމުގެ ޒިންޖިއާންގް ޕްރޮވިންސްގައި އެ ޕްރޮވިންސްގެ މުސްލިމުންގެ އަތުގައި ހުރި ހަތިމްތަކާއި މުސައްލަތައް ފުލުހުންނާއި ހަވާލު ކުރަން އަންގަމުން އަންނަ ކަމަށާއި އަދި ހަވާލު ނުކޮށްފި ނަމަ އަދަބު ދޭނެކަން އަންގަމުން އަންނަ ކަމަށް ބައިނަލްއަގްވާމީ ބޮޑެތި މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.

ނަމަވެސް މި ވާހަކަތައް ޗައިނާއިން ވަނީ ދޮގުކޮށްފަ އެވެ. ޗައިނާގެ ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލޫ ކަންގ ވިދާޅުވެފައިވަނީ އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަތަތަކެއް ކަމަށެވެ. އެ ޕްރޮވިންސްގައި އެއްވެސް ހަމަނުޖެހުމެއް ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް