މާލޭގައި، ދުއްވާފައިދިޔަ ޓެކްސީއެއްގައި ރޯވެއްޖެ

މާލޭ، އުސްފަސްގަނޑު ސަރަހައްދު ކައިރިން ދުއްވާފައިދިޔަ ޓެކްސީއެއްގައި އަލިފާން ރޯވެއްޖެ އެވެ. އެ ޓެކްސީގައި ރޯވި އަލިފާން، ސިފައިންގެ ފަޔަރ އެންޑް ރެސްކިއު އިން ނިއްވާލާފައިވާއިރު މި ހާދިސާ ހިނގި ކަމު...

29 Sep 2017 | 21:56

މާލޭ، އުސްފަސްގަނޑު ސަރަހައްދު ކައިރިން ދުއްވާފައިދިޔަ ޓެކްސީއެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެ ޓެކްސީގައި ރޯވި އަލިފާން، ސިފައިންގެ ފަޔަރ އެންޑް ރެސްކިއު އިން ނިއްވާލާފައިވާއިރު މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު ސިފައިންނަށް ލިބުނީ މިރޭ 20:34ގައި ކަމަށް ސިފައިން ބުނެ އެވެ. އަދި އަލިފާން އެއްކޮށް ނިއްވާލެވުނީ މިރޭ 20:39ގައި ކަމުގައިވެސް ސިފައިން ބުނެ އެވެ.

މި ހާދިސާގައި ޓެކްސީއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އެ ވަގުތު ޓެކްސީގައި ތިބި ދެ ޕަސިންޖަރުންނާއި ޑްރައިވަރަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ފުލުހުން ވަނީ މިކަން ތަހުގީގު ކުރަން ފަށާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް