ރޭގެ ދެ މަރާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

ހުޅުމާލޭގައި ރޭގެ ވަގުތެއްގައި (ބުރާސްފަތި ދުވަހުގެރޭ) ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުންގެ މަރާއި ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ދީފި އެވެ. ކުއްލި ގޮތަކަށް ހުޅުމާލޭގަ...

29 Sep 2017 | 21:44

ހުޅުމާލޭގައި ރޭގެ ވަގުތެއްގައި (ބުރާސްފަތި ދުވަހުގެރޭ) ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުންގެ މަރާއި ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ދީފި އެވެ.

ކުއްލި ގޮތަކަށް ހުޅުމާލޭގައި މަރުވެފައިވަނީ  ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އަދި ދަފްތަރު ފާތުމަތު ސަމާ، 18، އެވެ. އެމީހުންގެ ޖަނާޒާ އޮތީ މަޣުރިބު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާގަ އެވެ.

ބެލެވޭ ގޮތުގައި މި ދެ ޒުވާނުން މަރުވެފައިވަނީ ބާރުގަދަ ޑްރަގެއް އެނާޖީ ޑްރިންކާއެކު ބުއިމުންނެވެ. އެމީހުން ތިބި ސަރަހައްދު ބަލައި ފާސްކުރި އިރު ޕާޓީ ޑްރަގްސް ގުޅަތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް