މޫނު ނިވާކޮށްގެން ތިބި އިޒްރޭލު ބަޔަކު ފަލަސްޠީނު އަންހެނަކަށާއި ނޫސްވެރީންނަށް ހަމަލާ ދީފި

އިޒްރޭލުގެ މޫނު ނިވާކޮށްގެން ތިބި ބަޔަކު ހުޅަނގު އައްސޭރިފަށުގެ ޖަލޫދުގައި ފަލަސްޠީނުގެ އަންހެނަކަށާއި އެން.ބީ.ސީ ނިއުސްގެ ތިން ނޫސްވެރިޔަކަށް މުގުރުންނާއި ގާ ބޭނުންކޮށް ދުވަހު ހަމަލާ ދީފިއެވެ. ނާބުލު...

30 Aug 2026 | 10:32
އައިދާ އާއި ނޫސްވެރިންނަށް އިޒްރޭލު ބަޔަކު ހަމަލާ ދެނީ --

އައިދާ އާއި ނޫސްވެރިންނަށް އިޒްރޭލު ބަޔަކު ހަމަލާ ދެނީ --

އިޒްރޭލުގެ މޫނު ނިވާކޮށްގެން ތިބި ބަޔަކު ހުޅަނގު އައްސޭރިފަށުގެ ޖަލޫދުގައި ފަލަސްޠީނުގެ އަންހެނަކަށާއި އެން.ބީ.ސީ ނިއުސްގެ ތިން ނޫސްވެރިޔަކަށް މުގުރުންނާއި ގާ ބޭނުންކޮށް ދުވަހު ހަމަލާ ދީފިއެވެ.

ނާބުލުސް ކައިރީގައި އޮންނަ ޖަލޫދުގައި އުމުރުން 51 އަހަރުގެ ޢާއިދާ އަޙްމަދު ޢަބްދުﷲ އާއި އޭނާގެ ޢާއިލާއާ ނޫސްވެރީން އިންޓަވިއުކުރަމުން ދަނިކޮށް މި ހާދިސާ ހިނގީ އިޒްރޭލު ބައެއްގެ ސަބަބުން ގެއިން ނުކުންނަން ޖެހުނު ގޮތުގެ ވާހަކަ ޢާއިދާ ކިޔައިދެމުން ދަނިކޮށެވެ.

އެ ގެއާ ދިމާއަށް އުސް ތަނަކުން ފައިބައިގެން ދަނިކޮށް އިޒްރޭލު ނަންބަރު ބޯޑު ޖެހި އުޅަނދެއް ފަހަތަށް ޖައްސަމުން އެ މީހުންނާ ދިމާއަށް އައީ ކަމަށް އާންމުވެފައިވާ ވީޑިއޯ ފުޓޭޖުން ފެންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެ އުޅަނދުން ފޭބި މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު ޢާއިދާ އާއި ނޫސްވެރީންނަށް ގާ ގަނޑާއި މުގުރު ބޭނުންކޮށް ހަމަލާ ދިން ކަމަށް އެން.ބީ.ސީ ނިއުސް އިން ރިޕޯޓުކޮށްފައިވެއެވެ. ހަމަލާގައި ބައިނަލްއަޤުވާމީ ނޫސްވެރީންނަށް ވެސް އަނިޔާވެ ފަރުވާ ދީފައިވެއެވެ.

ޢާއިދާ ހޮސްޕިޓަލަށް ގެންދިޔައީ ފަލަސްޠީނުގެ ރެޑް ކްރެސެންޓުންނެވެ. އިސްރާއީލު ސިފައިންނާއި ބޯޑަރ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޢާއިދާ އަށް ލިބުނު އަނިޔާތައް މާ ސީރިއަސް ނޫން ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ޢަމަލު ކުށްވެރިކޮށް މިކަން ކުރީ "މަދު ބައެއް" ކަމަށް ސިފަކޮށްފައިވާ ކަމަށް އެން.ބީ.ސީ ނިއުސް އިން ރިޕޯޓުކޮށްފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރުގައި ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ހިފާފައިވާ ހުޅަނގު އައްސޭރިފަށުގައި އިސްރާއީލު ސިފައިންގެ ރެއިޑުތަކާއި ފަލަސްޠީނު ރައްޔިތުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް