ލެބޯޓްރީ ހިދުމަތާއި އެކު އިންޖިނިއަރިން ކިޔަވައިދޭ ޒަމާނީ ފެންވަރުގެ އިމާރާތެއް އަޅަނީ

އިންޖިނިއަރިންގގެ ހުރިހާ ދާއިރާއެއްގެ ޚިދުމަތް އެއް ތަނަކުން ފޯރުކޮށްދެވޭ ފެންވަރުގެ ޒަމާނީ ލެބޯޓްރީއެއް ރާއްޖޭގައި ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ...

30 Aug 2026 | 08:53
ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

އިންޖިނިއަރިންގގެ ހުރިހާ ދާއިރާއެއްގެ ޚިދުމަތް އެއް ތަނަކުން ފޯރުކޮށްދެވޭ ފެންވަރުގެ ޒަމާނީ ލެބޯޓްރީއެއް ރާއްޖޭގައި ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ވީޑިއޯ މެސެޖެއްގައި އެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަ ކުރާ އިންޖިޖިނިއަރިން ދުވަހެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ލެބޯޓްރީ ޢިމާރާތް ފަރުމާ ކުރެވިގެންދާނީ ސިވިލް މެކޭނިކަލް އިލެކްޓްރިކަލް އިލެކްޓްރޯނިކް ސޮފްޓްވެއަރ އެއަރކްރާފްޓް އެއިރޮނޮޓިކަލް އިންޖިނިއަރިންގގެ އިތުރުން ރޮބޮޓިކްސް އޭއައި އަދި ޑިޖިޓަލް އިންޖިނިއަރިންގ ހިމެނޭ ގޮތަށް ފުރިހަމަ ތަނެއްގެ ގޮތުގައެވެ.

މި ޢިމާރާތް ބިނާކުރުމަށް ބޭނުންވާ ފަންނީ މަސައްކަތްތަކާއި އެހެނިހެން އިންތިޒާމުތައް ސަރުކާރުން މިހާރު ހަމަޖައްސަވަމުން ގެންދަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ޚާއްޞަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ލެބޯޓްރީ ބިނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ހުރިހާ ކަމެއް ހަމަޖައްސަވާފައިވަނީ ދައުލަތުގެ ބަޖެޓުގައި ނުހިމަނައި ކަމެވެ.

ރާއްޖޭގެ ދަރިވަރުންގެ އިތުރުން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް އިންޖިނިއަރިންގގެ އެކި ދާއިރާތަކުން ތަޙުލީލުތައް ހެދޭ ފެންވަރުގެ ތަނަކަށް މި ލެބޯޓްރީ ހެދުމަކީ ސަރުކާރުގެ ގަސްދު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ޢިމާރާތުގެ ފަންނީ އިންތިޒާމުތައް ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް