ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ތަހުގީގަށް ދެ ކާރު ޓޯކޮށްފި

ރޭ ހުޅުމާލޭ ފޭސް ދޭއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓައި ގުޅިގެން ތަހުގީގުގެ ބޭނުމަށް ދެ ކާރު ޓޯކޮށްފި އެވެ. މި އެކްސިޑެންޓު ހިނގީ ރޭ 9:00 ހާއިރު ވިނަރެސް 7 ކައިރީގައި އޮތް ކާރަކަށް އަރަން މަގު ހުރ...

30 Aug 2026 | 06:19
އެކްސިޑެންޓުވި ސަރަހައްދުން ކާރު ޓޯކޮށްގެން ގެންދަނީ -- ދުވަސް ފޮޓޯ

އެކްސިޑެންޓުވި ސަރަހައްދުން ކާރު ޓޯކޮށްގެން ގެންދަނީ -- ދުވަސް ފޮޓޯ

ރޭ ހުޅުމާލޭ ފޭސް ދޭއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓައި ގުޅިގެން ތަހުގީގުގެ ބޭނުމަށް ދެ ކާރު ޓޯކޮށްފި އެވެ.

މި އެކްސިޑެންޓު ހިނގީ ރޭ 9:00 ހާއިރު ވިނަރެސް 7 ކައިރީގައި އޮތް ކާރަކަށް އަރަން މަގު ހުރަސްކުރި މީހެއްގެ ގައިގަ އެ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ. މި ހާދިސާގައި ސައިކަލު ފަހަތުގައި އިން އުމުރުން ނުވަ އަހަރުގެ ކުއްޖާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތަހުގީގަށް ޓޯ ކުރީ އެ ސަރަހައްދުގައި އޮތް ދެ ކާރެއް ކަމަށެވެ. އެއީ ރީނދޫ ކާރަކާއި ހުދު ކާރެކެވެ.

މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ނުވަ އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗު އައިސީޔޫގެ ވެންޓިލޭޓަރުގައި އެވެ. މަންޒަރު ދުށް މީހުން ބުނީ ވެއްޓި ޖެހުމުން ކުއްޖާގެ ބޮލުން ގިނަ އަދަދެއްގެ ލޭ ފައިބަމުން ދިޔަ ކަމަށާއި އޭރުވެސް ކުއްޖާގެ ހޭވެރިކަން ނެތް ކަމަށެވެ.

އެ ކުއްޖާ އާއި އެކު ސައިކަލުގައި ދުއްވަން އިނީ އުމުރުން 18 އަހަރުގެ އަންހެނެކެވެ. އެއީ ކުއްޖާގެ ބޮޑުދައިތަ އެވެ. އޭނާއަށް ލިބިފައިވަނީ ކުދި އަނިޔާތަކެކެވެ.

މިހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާއިރު ކުއްޖާ ވެއްޓުނު ގޮތް ދަނީ ބަލަމުންނެވެ. މިހާތަނަށް ފުލުން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލާފައިވާ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް