ޝަހީދު ހުސައިން އާދަމް ބިލްޑިންގ --
ގޭސް ލީކުވި ހާދިސާގައި މަރުވި އަންހެން މީހާގެ ޕޯސްޓްމޯޓަމް ނުހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ގޭސް ލީކުވީ މައްޗަން ގޯޅި ދިލްކުޝާ ގޯޅި (ސްކޫޕް ގޯޅި) ގައި ހުންނަ މއ. އަސްޓްރަލްގެ ދެވަނަ ފަންގިފިލާގަ އެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ 51 އަހަރުގެ މާލެ ދަފްތަރު ނަންބަރު ރސ 6210، ޒާހިދާ ތައުފީގެވެ.
ފުލުހުން މިއަދު ބުނީ އެ މީހާގެ ހަށިގަނޑު މިހާތަނަށް ބާއްވާފައި އޮތީ މޯޗަރީގައި ކަަމަށެވެ. އަދި ޕޯސްޓްމޯޓަމް ނުހަދަން ނިންމައި މިއަދު ހަށިގަނޑު އާއިލާ އާއި ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތުދެ އެވެ.
އިތުރު ތަފްސީލް ދީފައެއް ނުވެ އެވެ.
މިހާދިސާގައި ޒާހިދާގެ 19 އަހަރުގެ އަންހެން ދަރިފުޅުގެ ހަށިގަނޑަށްވެސް ވަރަށް ބޮޑަށް ގޭހުގެ އަސަރު ކޮށްފައިވެ އެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް