މިއަދު ހަވީރު ގަމު މުކުރިމަގު ފިހާރައެއްގެ ސޭޓަށް ބިރުދައްކައިގެން އެ ފިހާރައިން ފައިސާ ފޭރުނު މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައިގާ ކޯޓު އަމުރެއްގެ ދަށުން އުމުރުން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ މިރޭ 06:45 ހާއިރުގައެވެ. ހަމަ މި މައްސަލައިގާ ކޯޓު އަމުރެއްގެ ދަށުން އުމުރުން 49 އަހަރުގެ މީހަކުވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ފިހާރައިން ފޭރިފައިވަނީ ހަވީރު 4:50 ހާއިރުގައެވެ. ކައުންޓަރުގައި އިން ކުއްޖާއަށް ވަޅިން ބިރުދައްކައި އެ ފިހާރައިގެ ކައުންޓަރުގައި ހުރި 4000 ރުފިޔާ ފޭރިގެންފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް