އިންޑިއާ ރައްޔިތަކު ރާއްޖެ އެތެރެކުރަން އުޅުނު ހަތަރު ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައި އިންޑިއާ ރައްޔިތަކު ރާއްޖެ އެތެރެ ކުރަން އުޅުނު ހަތަރު ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފިއެވެ. ކަސްޓަމްސުން ބުނެފައިވާގޮތުގައި 2019 އޮގަސްޓް 30 ވ...

30 Aug 2019 | 16:32

އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައި އިންޑިއާ ރައްޔިތަކު ރާއްޖެ އެތެރެ ކުރަން އުޅުނު ހަތަރު ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފިއެވެ.

ކަސްޓަމްސުން ބުނެފައިވާގޮތުގައި 2019 އޮގަސްޓް 30 ވަނަ ދުވަހު އިންޑިޔާގެ ޓްރިވެންޑްރަމްއިން އައި 48 އަހަރުގެ އިންޑިޔާ ފިރިހެނެއްގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފައެވެ.

"މިތަކެތި ފުރަތަމަ މަރުހަލާގެ ތަޙުލީލުން ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 4.195 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް  1.1 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ." ކަސްޓަމްސުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވާގޮތުގައި މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްއާ  ޙަވާލުކުރެވިފައިވާއިރު، އެފަރާތުން  މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަޙްޤީގްކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް