އަޅުގަނޑުމެން އަތުގައިވެސް ހައްޔަރުކުރާ ލިސްޓެއް އެބައޮތް: މަހްލޫފް

އަޅުގަނޑުމެން އަތުގައިވެސް ހައްޔަރުކުރާ ލިސްޓެއް އެބައޮތް ކަމަށާއި އެކަންކުރާނީ 23 ސެޕްޓެމްބަރުގެ ވޯޓުން ރައީސް ޔާމީން ބޮޑުތަކުން ބަލި ކުރުމަށްފަހުގައި ކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދ...

30 Aug 2018 | 11:46

އަޅުގަނޑުމެން އަތުގައިވެސް ހައްޔަރުކުރާ ލިސްޓެއް އެބައޮތް ކަމަށާއި އެކަންކުރާނީ 23 ސެޕްޓެމްބަރުގެ ވޯޓުން ރައީސް ޔާމީން ބޮޑުތަކުން ބަލި ކުރުމަށްފަހުގައި ކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މަހްލޫފް އެ ޓްވީޓްކުރައްވާފައިވަނީ ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލައި އަދި ކެތްތެރި ވުމަށާއި ހިތްވަރު ގަދަކުރެއްވުމަށް އެދިލައްވަމުންނެވެ.

ހަމަ އެ މައްސަލައިގާ ކުރިންވެސް މަހްލޫފް ޓްވީޓެއް ކުރެއްވިއެވެ. އެ ޓްވީޓްގައި މަހްލޫފް ވަނީ ފުލުހުންނާއި ސުވާލުތަކެއް ކުރައްވާފައެވެ. އެގޮތުން އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ހަމަލާދޭން އުޅުނު މީހާ ހައްޔަރުކޮށްފިތޯއާއި ރައީސް މުހައްމަދު ނަޝީދުގެ ކަރު ބުރިކޮށްލަން ގޮވި މީހާ ހައްޔަރުކޮށްފިތޯ ސުވާލު ކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް