ގއ. ކޮލަމާފުށިން ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެމްޑީޕީއަށް ނިސްބަތްވާ ގާތްގަނޑަކަށް 15 މީހަކު ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް ފުލުހުންގެ ރަސްމީ ބަހެއް އަދި މިކަމުގައި ނުލިބެއެވެ.
ކޮލަމާފުށިން އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ހައްޔަރުކޮށްފައިމިވަނީ އެ ރަށު އެމްޑީޕީގެ މެންބަރުން ނިކުމެ ކޮލަމާފުށީ ޕީޕީއެމް ޖަގަހައަށް ގެއްލުންދީފައިވާ ކަމަށް ޕީޕީއެމުން ރޭ ބުނެފައިވަނިކޮށެވެ.
ޕީޕީއެމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު އެ ރަށުގައި ދަމާފައިހުރި ޕީޕީއެމްގެ ދިދަތައް ކަނޑާލައި އެ ޕާޓީގެ ޖަގަހައަށް ގެއްލުންދީފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް