ފަތުރުވެރިން ގޮވައިގެން ދަތުރުކުރި "ހަމަތި" ނަމަކަށް ކިޔާ ސަފާރީއެއް ވ.ރަކީދޫ ފަރަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް އެމްއާރުސީސީއަށް ރޭ ފަތިހު 5:30 ހާއިރު ލިބުމާއި އެކު އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަސެޕްޓް ކްރާފްޓް "ވެލާނާ" ލޯންޗު ވަނީ ޑައިވަރުންގެ ޓީމަކާ އެކު އެސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.
މ.އަތޮޅުން ފުރައިގެން ކ.ގުރައިދުއަށް ދަތުރުކުރި މި ސަފާރީ ފަރަށް އެރިއިރު ސަފާރީގައި 10 ފަތުރުވެރިންނާއި ޓުއަރގައިޑެއްގެ އިތުރުން ފަސް ފަޅުވެރިން ދަތުރުކުރިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މި ސަފާރީ ފުންކުރުމުގެ މަސައްކަތް ސަފާރީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް