ޗާޓު ތަކުގެ އެންމެ ކުރީގައި އަދިވެސް ހަމަ ދިލްބަރު ދިލްބަރު

ޖޯން އަބްރަހަމް ކުޅެފައިވާ އެންމެ ފަހުގެ ފިލްމު "ސަތުޔަމޭވް ޖަޔަތޭ"ގައި އައިޓަމް ލަވައެއްގެ ގޮތުގައި ފެނިގެންދާ ލަވަ "ދިލް ބަރު ދިލްބަރު" އަދިވެސް އަންނަނީ ޗާޓުތަކުގެ އެންމެ ކުރިން ޖާގަ ހޯދަމުންނެވެ. ...

30 Aug 2018 | 03:24

ޖޯން އަބްރަހަމް ކުޅެފައިވާ އެންމެ ފަހުގެ ފިލްމު "ސަތުޔަމޭވް ޖަޔަތޭ"ގައި އައިޓަމް ލަވައެއްގެ ގޮތުގައި ފެނިގެންދާ ލަވަ "ދިލް ބަރު ދިލްބަރު" އަދިވެސް އަންނަނީ ޗާޓުތަކުގެ އެންމެ ކުރިން ޖާގަ ހޯދަމުންނެވެ.

ނިހާ ކައްކަރު، ދްވާނީ ބާނޫޝާލީ އަދި އިއްކާ ކިޔާފައިވާ މި ލަވައަކީ ކުރީގެ މަޝްހޫރު ލަވަ "ދިލްބަރު ދިލްބަރު" ގެ ރީމޭކެކެވެ. މި ލަވައިގެ ވީޑިއޯ ޖުލައި 3 ގައި ޓީސީރީޒް އިން ރިލީޒްކޮށްފައިވާއިރު މި ލަވައަށް މިހާތަނަށް 182 މިލިޔަން ވިއުސް ލިބިފައިވެއެވެ.

މި ލަވައިގާ އެކްޓްކޮށްފައިވަނީ ކެނެޑާގެ ނެށުންތެރިއެއްކަމުގައިވާ ނޯރާ ފަތޭހީ އެވެ. މި ލަވަ މަގްބޫލުވުމުގެ އެއް ސިއްރަކީ އޭނާ ނެށުން ކަމުގައިވެސް ގިނަ ބަޔަކު ބުނެއެވެ.

މި ލަވަ ނެރުމާއެކު ޗާޓުގެ އެންމެ މަތިން ޖާގަ ހޯދިއެވެ. އަދިވެސް ގާނާ ފަދަ މިއުޒިކް އެޕް ތަކުގެ ޓޮޕް ހިންދީ ލިސްޓުގެ އެއްވަނަ ނުވަތަ ދެވަނައިގާ އުޅެނީ މި ލަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް